އައްޑޫ ސިޓީ ހިތަދޫގައި ދެމަފިރިއަކަށް ހަމަލާދިން މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ބަންދަށް ދިހަ ދުވަސް ޖަހައިފިއެވެ.
ދުއްވާފައި ދިޔަ ސައިކަލެއްގައި ތިބި ދެ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވަނީ މިދިޔަ ހަފުތާގެ ހުކުރު ދުވަހުއެވެ. އެ މާރާމާރީގައި އަނިޔާވެފައިވަނީ 27 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ އަންހެނަކަށެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި މާރާމާރީގައި އަނިޔާ ލިބުނު އަންހެން މީހާއަކީ ނަރުހެކެވެ. އަނިޔާވި ދެ މީހުންނަކީ ދެމަފިރިންނެވެ. އެ ދެ މީހުންނަށް ސީރިއަސް އަނިޔާތަކެއް ލިބިފައެއް ނުވެއެވެ.
އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ހައްޔަރުކޮށްފައިވަނީ އިއްޔެއެވެ. އަދި މިއަދު އެމީހުންގެ ބަންދު އިތުރު ކުރަން ކޯޓަށް ހާޒިރު ކުރުމުން ދިހަ ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ދުވަހުގެ މެންދުރުފަހުވެސް ވަނީ އައްޑޫގައި ތޫނު އެއްޗަކުން ހަމަލާދީ އިތުރު މީހަކު ޒަހަމްކޮށްލައިފައެވެ. އެ މާރާމާރީ ހިންގާފައިވަނީ އައްޑޫ ފްލެޓު ސަރަހައްދުގައެވެ. މާރާމާރީއާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ 31 އަހަރުގެ ފިރިހެނެކެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ މިދޔަ އަންގާރަ ދުވަހުއެވެ. އޭނާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
އެ މާރާމާރީގައި ޒަހަމުވީ ހިތަދުއަށް ނިސްބަތްވާ އުމުރުން 29 އަހަރުގެ ފިރިހެނެކެވެ. އޭނާ ވަނީ އިތުރު ފަރުވާ ދިނުމަށް މާލެ ގެނެސްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު