ދައުލަތުގެ ބެލުމުގެ ދަށުގައި ދެކުނުގެ ރަށެއްގައި ހުރި ކުއްޖަކު ބޭސްތަކެއް ކެއި މައްސަލައިގައި، މުވައްޒަފަކު ސަސްޕެންޑު ކޮށްފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.
ޖެންޑާ މިނިސްޓްރީން ބުނީ ބޭސްތަކެއް ކެއީ ނަފުސާނީ ބައްޔަށް ބޭސް ކުރަމުން އައި ކުއްޖެއް ކަމަށެވެ. އެ ކުއްޖާގެ ހާލު މިހާރު ރަނގަޅު ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މިހާދިސާގައި ބަލަން ޖެހޭ ކަންކަން ހުރި ކަމަށް ބެލެވޭ ކަމަށް ޖެންޑާއިން ރޭ ވަނީ ބުނެފަ އެވެ. އެގޮތުން މިއަދު އެ މިނިސްޓްރީން ބުނީ މި މައްސަލަ ބަލައި ނިމެންދެން މުވައްޒަފަކު ސަސްޕެންޑުކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް އެއީ ކޮން ތަނެއްގައި ތަނެއްގައި މަސައްކަތް ކުރާ މުވައްޒަފެއް ކަމެއް ބުނެފައެއް ނުވެ އެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އިއްޔެގެ ވަގުތެއްގައި ބޭސްތަކެއް ކައިގެން ހޮސްޕިޓަލުގައި ފަރުވާދެމުންދިޔައީ އުމުރުން 14 އަހަރުގެ އަންހެން ކުއްޖެކެވެ. އެކުއްޖާ އަކީ މާލެއިން އެރަށުގެ އަމާން ވެއްޓަށް ދާދި ފަހުން ބަދަލުކޮށް ކަރަންޓީނުގައި ހުރި ކުއްޖެކެވެ.
މި ކުއްޖާ ކެއީ ކިހާ އަދަދެއްގެ ބޭހެއް ކަން އަދި އެނގިފައެއް ނުވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު