އިންޑިއާގައި ތަަމްރީނު ހަދަމުންދިޔަ ސިފައިންގެ މީހަކު މަރުވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ އިންޑިއާގެ ނެޝަނަލް ޑިފެންސް އެކެޑެމީގައި ތަމްރީނު ހަދަމުންދިޔަ ސިފައިން މީހަކު މިއަދު މަރުވެފައިވާ ކަމަށެވެ. އަދި އޭނާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުންޏެވެ.
މަރުވެފައިވަނީ ކޮން ފަރާތެއް ކަމެއް އެމްއެންޑީއެފުން ހާމަކޮށްފައިނުވާއިރު އޭނާ މަރުވާން ދިމާވި ސަބަބުވެސް ހާމަކޮށްފައެއް ނުވެއެވެ. އަދި މިއީ ކޮންކަހަލަ ތަމްރީނެއް ހަދަމުންދިޔަ މީހެއް ކަންވެސް ހާމައެއް ނުކުރެއެވެ.
ޚަބަރު
ޚަބަރު