ކޮވިޑްގެ ކުރިން އައިލެންޑް އޭވިއޭޝަންގެ މުވައްޒަފުންނަށް ދެމުން އައި މުސާރަ އިއާދަކޮށްދިނުމަށް އެކުންފުނިން ނިންމައިފިއެވެ.
އައިލެންޑް އޭވިއޭޝަންގެ ޕަބްލިކް ރިލޭޝަންސް އޮފިސަރު މޫސާ ވަސީމް "ވަން" އަށް މިރޭ ވިދާޅުވީ، މިމަހުގެ މުސާރަ ޖަމާވާއިރު 30،000 ރުފިޔާއަށް ވުރެ ބޮޑު މުސާރައެއް ލިބޭ މުވައްޒަފުންގެ މުސާރަ 80 ޕަސަންޓާ ހަމައަށް އިއާދަ ކުރާނެ ކަމަށެވެ. އަދި 30،00 އަށްވުރެ މަދުން މުސާރަ ލިބޭ މުވައްޒަފުންނަށް ކޮވިޑުގެ ކުރިން ދިން މުސާރަ އެއްކޮށް އިޔާދަވާނެ ކަމަށްވެސް މޫސަ ވިދާޅުވިއެވެ.
ކޮވިޑާ ގުޅިގެން އާމްދަނީ ދަށްވެ، އައިލެންޑް އޭވިއޭޝަންގެ މުވައްޒަފުންގެ މުސާރައިން 50 ޕަސަންޓް ވަނީ ކަނޑާލައިފައެވެ.
އައިލެންޑް އޭވިއޭޝަންގެ ބައެއް މުވައްޒަފުންގެ މުސާރަ އެއްކޮށް އިޔާދަކޮށްދޭން ނިންމާފައި މިވަނީ، މޯލްޑިވިއަންގެ ޕައިލެޓުންގެ މުސާރަ އިއާދަނުކުރާތީ ހިތްހަމަނުޖެހުން ފާޅުކޮށް އިހުތިޖާޖުވެސް ކޮށްފައިވަނިކޮށެވެ.
މީގެ އިތުރުން ޕައިލެޓުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާވެސް ބައްދަލުކޮށްފައެވެ. އެ ބައްދަލުވުމުގައި ރައީސް ވަނީ އަންނަ އަހަރުން ފެށިގެން މޯލްޑިވިއަންގެ ޕައިލެޓުންގެ މުސާރަ އެއްކޮށް އިޔާދަވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު