ޚަބަރު

މަންދޫ ބަނދަރު މަޝްރޫއުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

ރިފާ ހަލީލު

އދ. މަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް އެމްޓީސީސީން ތައްޔާރުވެއްޖެ އެވެ.

އެމްޓީސީސީން ބުނީ މި މަސައްކަތް ފެށުމަށް ޓަކައި މިހާރު ޕްރޮޖެކްޓު ސައިޓު ތައްޔާރުކޮށްފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 65,854 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 236 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 319 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 71 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 50 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމާއި، 1180 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތްވެސް ހިމެނޭ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޓީސީސީ އާއި މި މަޝްރޫއު ހަވާލު ކޮށއފައިވަނީ 39.28 މިލިއަން ރުފިޔާ އަށެވެ.