ފެލިދޫ ގިރާ ސަރަހައްދު ހިމާޔަތްކޮށްދިނުން އަވަސްކުރުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައި ބަހުސް ފަށައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ގަރާރު ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދެވެ.
މި ގަރާރު ހުށަހަޅުއްވަމުން މެންބަރު ފަޒުލް ވިދާޅުވީ، ފެލިދޫ އާދަޔާ ހިލާފަށް ގިރަމުން ދިއުމުގެ ސަބަބުން ރައްޔިތުންނަށް ގިނަގުނަ ދަތިތަކާ ކުރިމަތިވެ، ތިމާވެށީގެ ގޮތުން އެރަށަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށެވެ.
އެކަމުގެ ސަބަބުން ރަށުގެ ތިމާވެއްޓަށް ކުރިމަތިވެފައިވާ ނާޒުކު ހާލަތުގެ ސަބަބުން ފެލިދޫގެ ރައްޔިތުންނަށް ބިރުވެރިކަން ކުރިމަތިވެ، ހޮސްޕިޓަލާއި ސްކޫލާއި ރައްޔިތުންގެ ގޯތި ގެދޮރަށް ކުރިމަތިވެފައިވާ ނުރައްކަލުގެ ސަބަބުން އެފަރާތްތަކުގެ ދިރިއުޅުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ބޮޑުވެ، ފެލިދޫގެ ރީތިކަމާއި ގުދުރަތީ ގޮނޑުދޮށް ހަލާކުވެ، ރަށް ގިރުމުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑު ތަކުލީފެއް އުފުލަން ޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.
ގިރާ ސަރަހައްދު ހިމާޔަތްކުރުުގެ މަސައްކަތް މިއަހަރުގެ ބަޖެޓުގައި ހިމެނިފައިވީ ނަމަވެސް އެކަން ނުފެށި ލަސްވަމުންދާތީ، ފެލިދޫގެ ތިމާވެއްޓަށް ކުރިމަތިވެފައިވާ މައްސަލަ ހައްލުކޮށްދެއްވުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އެޅެން ހުރި ހުރިހާ ފިޔަވަޅުތަކެއް އަޅައިދީ ފެލިދޫ ރައްޔިތުންނަށް، ސަލާމަތާއި ރައްކާތެރި މާހައުލެއް ހޯދައިދިނުމަށް ކުރަންޖެހޭ ކަންކަން ވީހާވެސް އަވަހަކަށް ކޮށްދިނުމަށްވެސް އެ ގަރާރުގައި ވަނީ އިލްތިމާސްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު