އައްޑޫ ސިޓީގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުވާ ފުލުސް މީހާ ސަސްޕެންޑްކޮށްފިއެވެ.
ސްބް އިންސްޕެކްޓާ އޮފް ޕޮލިސްގެ މަގާމުގައި ހުރި އުމުރުން 34 އަހަރުގެ އެ ފުލުސް މީހާ މަގާމުން ސަސްޕެންޑްކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ވެސް އެ ދުވަހުއެވެ.
މައްސަލައިގެ ތުހުމަތުވާ މީހާއަށް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު މުސްލިމް ސޮއިކުރައްވައި ފޮނުވާފައިވާ ސިޓީގައި ވަނީ ކްރައިމް އެގެއިންސްޓް ޗިލްޑްރެން ޑިޕާޓްމެންޓުން ބަލަމުންދާ މައްސަލައެއްގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށްފައި ވާތީ، ވަޒީފާއާ ބެހޭ ގަވާއިދުގެ ދަށުން ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. އަދި އެ މުއްދަތުގައި މުސާރަ ނުހިގާނެ ކަމަށް ވެސް ސިޓީގައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުސް މީހާ ދިޔައީ އެ ކުއްޖާގެ އުމުރުން 14 އަހަރުން ފެށިގެން ޖިންސީ ގޯނާ ކުރަމުންނެވެ. މިހާރު ކުއްޖާގެ އުމުރުން 16 އަހަރެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު