ރާއްޖޭގައި ކޮވިޑް 19ގެ ހާލަތު އެންމެ ގޯސްވެފައިވާ ދުވަސްވަރު އެމްޕީއެލްގެ މުވައްޒަފުން ދެއްކި ހިތްވަރަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ތައުރީފުކުރައްވައި، ޝުކުރު އަދާކުރައްވައިފިއެވެ.
އެމްޕީއެލަށް 35 އަހަރު ފުރުން ފާހަގަކުރުމަށް ތާޖުއްދީން ސްކޫލުގައި ރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ، އެމްޕީއެލްގެ މަސައްކަތްތައް ރާއްޖޭގެ ކޮންމެ ފަރުދަކާ ގުޅިފައިވާ ކަމަށާާއި ރާއްޖޭގެ އިގުތިސޯދުގައި އެންމެ މުހިންމު މަސައްކަތް ކުރާ އެއްބަޔަކީ އެމްޕީއެލްގެ މުވައްޒަފުން ކަމަށެވެ.
ކޮވިޑުގެ އެންމެ އުނދަގޫ ދުވަސްވަރުގެ ހަނދާންތައް އާކުރައްވަމުން ނައިބު ރައީސް ވިދާޅުވީ، އެ ދުވަސްވަރުވެސް ރާއްޖެއަށް ކާބޯތަކެއްޗާއި ޒަރޫރީ ތަކެތި ފޯރުކޮށްދިނުމުގައި އެމްޕީއެލްގެ މުވައްޒަފުން ކުރި މަސައްކަތް ގާތުން ފެނިވަޑައިގަތް ކަމަށެވެ.
"މި ދަތި އުނދަގޫ ދަނޑިވަޅުގައި މުދާ ކުލިއާކޮށް އެކުރެއްވި މަސައްކަތް ފާހަގަކޮށް އެންމެހާ ފަރާތްތަކަށް އަދިވެސް އެއްފަހަރު ޝުކުރު ދަންނަވަން،" ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް އިތުރަށް ވިދާޅުވީ، ކޮވިޑުގެ ދަތި ހާލަތުން އަރައިގަނެވުނީ ރައްޔިތުންގެ އެއްބާރުލުން ފުރިހަމައަށް ލިބުމުން ކަމަށާއި ކޮވިޑުގެ ސަބަބުން ދަސްވި އެންމެ ބޮޑު ފިލާވަޅަކީ ފަހަށް ރައްކާކުރުމުގެ މުހިންމުކަން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު