އައްޑޫ ސިޓީގައި އިތުރު ދެ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލައިފިއެވެ.
މިއަދު މެންދުރު ވެސް އައްޑޫގައި ވަނީ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަަމުކޮށްލައިފައެވެ. އޭނާއަށް އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ އިރު، ހާލު ސީރިއަސްވުމުން އޭނާ މާލެ ގެނައުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ފުލުހުން ބުނީ އައްޑޫގައި ދުއްވާފައި ދިޔަ ސައިކަލެއްގައި ތިބި ދެ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާކަމުގެ މައުލޫމާތު މިރޭ 8:05 ހާއިރު ލިބިފައިވާ ކަމަށެވެ.
އެ މާރާމާރީގައި އަނިޔާވެފައިވަނީ 27 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ އަންހެނަކަށް ކަމަށާއި އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
"ވަން"އަށް އެނގިފައިވާ ގޮތުގައި މާރާމާރީގައި އަނިޔާ ލިބުނު އަންހެން މީހާއަކީ ނަރުހެކެވެ. އަނިޔާވި ދެ މީހުންނަކީ ދެމަފިރިންނެވެ. އެ ދެ މީހުންނަށް ސީރިއަސް އަނިޔާތަކެއް ލިބިފައެއް ނުވެއެވެ.
މިއަދު މެންދުރު ހިންގި މާރާމާރީގައި އަނިޔާވެފައިވަނީ 29 އަހަރުގެ ފިރިހެނަކަށެވެ. އޭނާގެ ބޮލަށް އަނިޔާތަކެއް ލިބިފައިވާ ކަމަށް އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުން މައުލޫމާތުދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު