އައްޑޫ ސިޓީގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުވާ ފުލުސް މީހާ ހައްޔަރު ނުކުރާތީ، ރައްޔިތުން ނުކުމެ އިހުތިޖާޖު ކުރަން ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުސް މީހާ ދަނީ އެ ކުއްޖާގެ އުމުރުން 14 އަހަރުން ފެށިގެން ޖިންސީ ގޯނާ ކުރަމުންނެވެ. މިހާރު ކުއްޖާގެ އުމުރުން 16 އަހަރެވެ. އެ މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.
އެ މައްސަލައިގައި މިހާތަނަށް އެ ފުލުސް މީހާ ހައްޔަރުކޮށްފައިނުވާތީ މިއަދު ހަވީރުން ފެށިގެން ހިތަދޫގައި އެ ފުލުސް މީހާ މިވަގުތު ދިރިއުޅެމުންދާ ގެ ކައިރިއަށް ގިނަ އަދަދެއްގެ ބަޔަކު އެއްވެ، އޭނާ ހައްޔަރުކުރުމަށް ދަނީ ގޮވާލަމުންނެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ބައެއް ވީޑިއޯތަކުގައި މުޒާރަހާގެ ބައިވެރިން ވަނީ އޭނާ ބިޑި އަޅުވައިގެން ހައްޔަރުކޮށްގެން ގެންދިއުމަށް ގޮވާލައިފައެވެ. އަދި ފުލުހުން ޕެޕާ ސްޕްރޭ ޖަހައި، ބާރުގެ ބޭނުން ކޮށްގެން އެ ސަރަހައްދަށް އެއްވެފައިވާ މީހުން ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ މަންޒަރުވެސް ފެނެއެވެ.
ފުލުހުން މިރޭ ބުނީ އިހުތިޖާޖުގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅަން މަސައްކަތްކުރުމާ ގުޅިގެން ފުލުހުން ބާރުގެ ބޭނުންކޮށްފައިވާ ކަމަށެވެ. އެގޮތުން އެތަނުގައި އެއްވެ ތިބި މީހުން ދުރަށް ޖެއްސުމުގެ ގޮތުން ފުލުހުން ޕެޕާ ސްޕްރޭ ބޭނުންކޮށްފައިވާ ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު