ވިލިމާލެ ފަރުމައްޗަށް ތެޔޮ އުފުލާ ބޯޓެއް އަރައިފި އެވެ.
އެމްއެންޑީއެފް ގެ މީޑިއާ އޮފިސަރު މިއަދު ވިދާޅުވީ، މިއަދު 09:35 ހާއިރު "ޓްރާންސްޕޯޓް ފިޔުލް -09" ނަމަކަށް ކިޔާ ތެޔޮ ބޯޓެއް ވިލިމާލެ ފަރުމައްޗަށް އަރައިފައިވާ ކަމަށެވެ. އަދި މި ހާދިސާ ދިމާވީ ނަގިލި ކަހާލައިގެން ކަމަށެވެ.
އެ ބޯޓުގައި ތިބީ ތިން މީހުން ކަމަށާއި، އެއީ ސްރީ ލަންކާއަށް ނިސްބަތްވާ އެކަކާއި ބަންގްލަދޭޝް އަށް ނިސްބަތްވާ ދެ މީހުން ކަމަށެވެ. އެހެން ޓަގު ބޯޓެއްގެ އެހީގައި މިހާރު މި ބޯޓު ވަނީ ފުންކޮށްފައި ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.
މިއަދު ހެނދުނު މާލޭ ސަރަހައްދަށް ވަނީ މޫސުން ވަރަށް ބޮޑަށް ގޯސް ވެފަ އެވެ. އެ ގޮތުން އެއްގަމު ދަތުރުފަތުރަށް ވެސް ދަތިވާ ވަރަށް ވައި ވަނީ ބާރު ވެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު