ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން އައި އިންޓަނޭޝަނަލް ދެ ފްލައިޓެއް ވައިގަދަވުމުގެ ސަބަބުން ޑައިވާޓްކޮށްފި އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ޖެނެރަލް މެނޭޖަރު ހަސަން އަރީފު "ވަން" އަށް ވިދާޅުވީ، މިއަދު ހެނދުނު އައި ކޮޅިގަނޑުގައި އެއާޕޯޓަށް ޖައްސަން އައި ފްލައި ދުބާއީގެ ފްލައިޓަކާއި ލުފްތަންސާގެ ފްލައިޓެއް ޑައިވާޓް ކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން ޑޮމެސްޓިކް ފްލައިޓުތަކުގެ ތެރެއިން ވިލާ އެއާގެ ފްލައިމީގެ ފްލައިޓެއްވެސް ޑައިވާޓް ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެ ފްލައިޓުތައް ޑައިވާޓް ކުރީ ކޮންތަނަކަށް ކަމެއް ވިދާޅެއް ނުވެ އެވެ.
ހަސަން ވިދާޅުވީ، މިހާރު ކޮންމެވެސް ވަރަކަށް ވައި މަޑުވުމުގެ ސަބަބުން ފްލައިޓް އޮޕަރޭޝަންތައް ކުރިއެކޭ އެއްގޮތަށް ކުރިއަށްދާ ކަމަށެވެ. އަދި އެއްވެސް ފްލައިޓެއްގެ ދަތުރުތައް ކެންސަލްކޮށްފައި ނުވާ ކަމަށް ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު