މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާދޭނެ ރަނގަޅު އިންތިޒާމެއް މިހާތަނަށް ހަމަޖެހިފައި ނުވާ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ވިދާޅުވެއްޖެއެވެ.
ނަސީމް މިހެން ވިދާޅުވީ، ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ކުރަމުން އަންނަ މަސައްކަތްތަކާބެހޭ މައުލޫމާތު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ދެއްވަމުންނެވެ.
އެންޑީއޭގެ މަސައްކަތްތައް ހެލްތު މިނިސްޓްރީގެ ދަށަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބަދަލު ކުރެއްވީ މިއަހަރުގެ މެއި މަހުގެ ފަހަކުން ފެށިގެންނެވެ.
މިނިސްޓަރު ނަސީމު ވިދާޅުވީ، އެ އެޖެންސީގެ މަސައްކަތްތައް މިނިސްޓްރީ އާ ހަވާލުވިފަހުން، ފުރަތަމަ ކުރި މަސައްކަތްތަކަކީ އެއީ އެނގޭ ކަމަކަށް ނުވާތީ، އެމަސައްކަތްތައް ދިރާސާކުރުން ކަމަށެވެ.
އެގޮތަށް ބެލިބެލުމުން އެންޑީއޭ މަސައްކަތް ކުރާނެ ތަނެއް ނެތްކަން އެނގިގެންދިޔަ ކަމަށާއި، އެ މަަސައްކަތްތައް ކުރަމުންގެންދިޔަ ތަނަކީ ކަތުރުފަނި އަޅައި، މަސައްކަތް ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ތަނެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ނަމަވެސް އެހެން ތަނެއް ކުއްޔަށް ހިފައިގެން މަސައްކަތް ކުރެވޭނެ ގޮތް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިހާރު ހަމަޖައްސަވައިދެއްވާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެންޑީއޭއިން ކުރަނީ ވަރަށް އުނދަގޫ މަސައްކަތްތަކެއް ކަމަށައި، އެންމެން އެކައްޗެއް ކިޔައި، އެންމެން އެއްބާރުލައިގެން ނޫނީ މަސްތުވާތަކެތީގެ މަސައްކަތްތަކަށް ހައްލެއް ހޯދުމުގައި ރަނގަޅު ނަތީޖާއެއް ނުނެރެވޭނެ ކަމަށެވެ.
އަހުމަދު ނަސީމް (ކެރަފާ ނަސީމް)
އަހުމަދު ނަސީމް (ކެރަފާ ނަސީމް)
އަހުމަދު ނަސީމް (ކެރަފާ ނަސީމް)