ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އދ ގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތާ މިރޭ ހަވާލުވެވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ، މިހާރު ކުރިއަށްދާ 75 ވަނަ ސެޝަންގެ އެންމެ ފަހު ދަންފަޅި ރާއްޖެ ގަޑިން މިރޭ ދަންވަރު 12 ޖަހާއިރު ކުރިއަށްދާނެ ކަމަށެވެ.

އޭގެ އިތުރުން އާއްމު މަޖިލީހުގެ 76 ވަނަ ސެޝަން ފަށައި، މިނިސްޓަރު ޝާހިދު ރިޔާސަތާ ހަވާލުވެވަޑައިގަންނަވާނެ ކަމަށާއި، ރިޔާސަތާ ހަވާލުވެވަޑައިގަތުމަށްފަހު މިނިސްޓަރު ޝާހިދު ތަގުރީރު ކުރައްވާނެ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.