ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަންނަ ހަފުތާގައި ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު "ވަން" އަށް މިއަދު ވިދާޅުވީ ރައީސް ސޯލިހު މި ފެށޭ ހަފުތާގައި ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އެމެރިކާ އަށް ކަމަށެވެ.
މަބްރޫކު ވިދާޅުވީ ރައިސް އެމެރިކާ އަށް ވަޑައިގަންނަވަނީ އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ. ނަމަވެސް އެމަނިކުފާނު ދަތުރު ކުރައްވާނެ ސީދާ ދުވަހެއް މަބުރޫކް ވިދާޅެއް ނުވެ އެވެ.
އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ޖަލްސާގެ ރިޔާސަތު ބަލަހައްޓަނީ ރާއްޖެއިންނެވެ. އެގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ބޮޑު އަޣްލަބިއްޔަތަކުން އިންތިހާބުވެވަޑައިގެންފަ އެވެ.
އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރަށް ރާއްޖެ އިންތިހާބުވުމަކީ، ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކަށާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ވާ ހުރިހާ ގައުމުތަކަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ރައްޔިތުންގެ މަޖިލީހުން މީގެ ކުރިން ވަނީ ބުނެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު