އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
"ވަން" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު މިއަދު ވިދާޅުވީ، އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު 18 އަހަރުން ދަށުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ނުވައެއް ސެޕްޓެމްބަރުގައި ހުށަހަޅާފައިވާ ކަމަށެވެ.
މާލެ ސިޓީން ހުށަހަޅާފައިވާ މި މައްސަލައާ ގުޅިގެން، އިތުރު ތަފުސީލެއް ފުލުހުން ދީފައި ނުވާއިރު، މި މައްސަލަ މިހާރު އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކުޑަކުދީންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލައް ހުށަހަޅާ މިންވަރު މި ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރު ވެފަ އެވެ. އަދި އެ ފަދަ މައްސަލަތައް ވަރަށް ސީރިއަސްކޮށް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު