އއ. ހިމަންދޫގައި ކަރަންޓުގެ ހިދުމަތް އިތުރަށް ހަރުދަނާ ކުރުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އާ ޖަނަރޭޓަރު ސެޓެއް އެރަށަށް ގެންގޮސްފިއެވެ.
ސްޓެލްކޯ އިން މިއަދު ބުނީ ހިމަންދޫގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވަމުންދިއުމާ ގުޅިގެން، ޑިމާންޑާ އެއްވަރަށް ކޭޓާ ކުރުމަށްޓަކައި 336 ކިލޯވޮޓްގެ މުޅިން އާ ޖަނަރޭޓަރު ސެޓެއް މިހާރު އެރަށަށް ގެންގޮސްފައިވާ ކަމަށެވެ.
މި ޖަނަރޭޓަރު ސެޓް ބޭނުންކުރަން ފެށުމާއެކު ހިމަންދޫގައި އެ ކުންފުނިން ދެމުންގެންދާ ކަރަންޓުގެ ހިދުމަތް އިތުރަށް ފުރިހަމަ ވެގެންދާނެ ކަމަށްވެސް ސްޓެލްކޯއިން ބުންޏެވެ.
ހިމަންދޫގައި ހަތަރު މެގަވޮޓު ކެޕޭސިޓީއެއް ގާއިމުކުރުމަށް އާ އިންޖީނުގެއެއް އިމާރާތްކުރުމަށް ސްޓެލްކޯއިން ވަނީ މިއަހަރުގެ މާޗް މަހުގެ 18 ވަނަ ދުވަހު ބިންގާ އަޅައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު