މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި ތުރުކީވިލާތަށް ރޭ ފުރާވަޑައިގެންފިއެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ، މޭޔަރު މުއިއްޒު ތުރުކީވިލާތަށް ކުރައްވާ މި ދަތުރުފުޅަކީ އެ ގައުމުގެ ސިޓީތަކުގެ މޭޔަރުންނާ ބައްދަލުކުރައްވައި އެސިޓީތަކާ ގުޅުން ބަދަހިކުރުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
މީގެ އިތުރުން މާލޭ ސިޓީއާ ގުޅުން ހުރި އެކި ކަންތައްތަކަށް އެހީތެރިކަން ހޯދޭނެ މަގުފަހިކުރަން ވެސް މި ދަތުރުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.
މިއީ މާލޭ ސީޓީގެ މޭޔަރުކަމަށް އިންތިހާބުވެ ވަޑައިގެންވުމަށްފަހު، ޑރ. މުއިއްޒު ރާއްޖޭން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ، މި ދަތުރުފުޅަށްފަހު ޑރ. މުއިއްޒު ރާއްޖެ ވަޑައިގަންނަވާނީ މިމަހުގެ 17 ވަނަ ދުވަހު ކަމަށެވެ.
މާލޭގެ މޭޔަރު ކަމަށް ޑރ. މުއިއްޒު އިނިްތިހާބުވެވަޑައިގެންނެވީ ގިނަ ވައުދުތަކަކާއެކުގައެވެ. އޭގެ ތެރޭގައި މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހައްލު ހޯދައިދިނުމުގެ އިތުރުން މާލެއަށް އެންމެ ބޮޑަށް ދިމާވެފައިވާ ވެހިކަލް ޕާކު ކުުރުމުގެ މައްސަލަތަކާއި ތަރައްގީގެ އެކި ކަންކަން ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު