ހިޔާ ފްލެޓްތަކުގައި މަސައްކަތް ކުރާއިރު އުފެދޭ ކުނި އުކުމަށް ހާއްސަ ސަރަހައްދުތަކެއް ކަނޑައަޅައިފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނީ ހިޔާ ފްލެޓްތަކުގައި މަސައްކަތް ކުރާއިރު އުފެދޭ ގާކުނޑި ފަދަ ކުނިތައް އުކުމަށް ހަތް ސަރަހައްދެއް ކަނޑައަޅާފައިވާ ކަމަށެވެ.
އެގޮތުން ހިޔާގެ އެއް ވަނަ ޓަވަރުން ހަތަރު ވަނަ ޓަވަރުގެ ކުނިތައް އުކުމަށް ހާއްސަކޮށްފައި ވަނީ އެއް ސަރަހައްދެކެވެ. އެއީ ޓަވަރު ތިނަކާއި ޓަވަރު ހަތަރެއްގެ ކުރިމައްޗެވެ. އަދި ފަސްވަނަ ޓަވަރާއި ހަ ވަނަ ޓަވަރުގެ މީހުން ކުނި އުކަން ހާއްސަކޮށްފައި ވަނީ ހަވަނަ ޓަވަރުގެ ކުރިމައްޗެވެ.
ހަތް ވަނަ ޓަވަރާއި އަށް ވަނަ ޓަވަރުގެ މީހުން ކުނި އެޅުމަށް ހާއްސަ ކޮށްފައިވަނީ އަށް ވަނަ ޓަވަރުގެ ކުރިމައްޗެވެ. ނުވަ ވަނަ ޓަވަރުން ފެށިގެން 12 ވަނަ ޓަވަރުގެ ކުނި އެޅުމަށް ހާއްސަކޮށްފައި ވަނީ ދިހަ ވަނަ ޓަވަރުގެ ކުރިމައްޗާއި 12 ވަނަ ޓަވަރުގެ ކުރިމައްޗަށެވެ.
މީގެ އިތުރުން 13 ވަނަ ޓަވަރާއި 14 ވަނަ ޓަވަރުގެ ކުނި އުކުމަށް ހާއްސަކޮށްފައި އެ ދެ ޓަވަރުގެ ދެމެގައި އޮންނަ ހުސް ބިމަށެވެ. އަދި 15 ވަނަ ޓަވަރާއި 16 ވަނަ ޓަވަރުގެ ކުނި އުކުމަށް ހަމަޖައްސާފައި ވަނީ އެ ދެޓަވަރުގެ ދެމެދުގައި ކުރިމައްޗަށްވާ ގޮތަށް އޮންނަ ހުސްބިމަށެވެ.
ހިޔާ ޓަވަރުތަކުގެ ފިނިޝިން މަސައްކަތްތައް މިހާރު ކުރަމުން އަންނައިރު، އެ ސަރަހައްދުށް ވަނީ ގިނަ އަދަދެއްގެ ކުނި ޖަމާވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު