އަށާރަ އަހަރުން ދަށުގެ ކުއްޖަކު ބަލިވެއިން މައްސަލައެއް ބަލަމުން އަންނަ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.
ޖެންޑާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ މާލެ ސަރަހައްދުން އަށާރަ އަހަރުން ދަށުގެ ކުއްޖަކު ބަލިވެއިން މައްސަލައެއް އިއްޔެ ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލައިގައި ދެން ވެސް ޝާމިލް ވަނީ 18 އަހަރުން ދަށުގެ ކުއްޖެއް ކަމަށް ބުންޏެވެ.
އެހެންކަމުން މި ދެކުދިންގެ ރައްކާތެރިކަން ކަށަވަރުކޮށް، އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ. އަދި ފުލުހުންނާ ގުޅިގެން އެ ދެކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށްވެސް ޖެންޑާއިން ބުންޏެވެ.
ޖެންޑާ މިނިސްޓްރީން އިތުރަށް ބުނީ އެ ކުދިންގެ އާއިލާއަށް ލިބެންޖެހޭ ނަފްސާނީ އަދި އިޖުތިމާއީ އެހީތެރިކަން މިހާރު ފޯރުކޮށްދެމުންދާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު