ހިޔާ ފްލެޓް ލިބުނު މީހުންނާއެކު ހަދާ އެއްބަސްވުންތަކުގައި ސޮއިކޮށް ނިމުމާ ގާތަށް ގޮސްފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފިއެވެ.
އެޗްޑީސީން މިއަދު އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު 88 ޕަސެންޓް ފްލެޓް އެގްރިމަންޓްތަކުގައި ސޮއިކުރިމަށް ވަނީ ތައްޔާރުވެފައިއެވެ. އަދި 85 ޕަސެންޓް ފްލެޓް އެއްބަސްވުމުގައި މިހާތަނަށް ވަނީ ސޮއިކޮށްފައެވެ.
އެޗްޑީސީން ބުނީ ހިޔާ ފްލެޓް ލިބުނު މީހުންނާ އެކު ހަދާ އެއްބަސްވުމުގައި ސޮއި ކުރުން ކުރިއަށް ގެންދަނީ ކޮންމެ ޓަވަރެއް ވަކިން ވަކީން ކަމަށެވެ. އަދި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ތަޅުދަނޑި ހަވާލު ކުރެވިގެންދާ ކަމަށްވެސް ބުންޏެވެ.
ތަފާސް ހިސާބުތަކަށް ބަލާއިރު އެޗް13 ޓަވަރުގެ ފްލެޓް މީހުން ފިޔަވައި އެހެން ހުރިހާ ފްލެޓްތަކުގެ ވެރީންގެ 80 ޕަސެންޓް މީހުންނާއެކު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެ ޓަވަރުން ފްލެޓް ލިބުނު މީހުންގެ ތެރެއިން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 79 ޕަސެންޓް މީހުންނެވެ.
ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުންނާ އެކު އެޗްޑީސީން އެއްބަސްވުމުގައި ސޮއިކުރަން ފަށާފައިވަނީ މިދިޔަ ޖުލައި މަހުގެ 17 ގައެވެ. އީދު ބަންދަށް މެދުކަނޑާލުމަށްފަހު، އަލުން ސޮއިކުރަން ފަށާފައި ވަނީ، ޖުލައި 15 އިން ފެށިގެންނެވެ. އޭގެ ފަހުން އެޗްޑީސީގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވުމުން އެއްބަސްވުމުގައި ސޮއިކުރުން މެދުކަނޑާލުމަށްފަހު އަލުން ފަށާފައިވަނީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހު އެވެ.
ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފޭސްގައި އިމާރާތް ކޮށްފައިވާ ފްލެޓްތަކުން 6,720 ފަރާތަކަށް ފްލެޓްދޭން ވަނީ ނިންމައިފަ އެވެ.
ފުލެޓުތަަކަށް ކަރަންޓާއި ފެނުގެ ހިދުނަތް ދީ ނިންމާފައިވާއިރު ބައެއް ފުލެޓުތަކުގައި މީހުން ވަނީ ދިރިއުޅެންވެސް ފަށާފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު