ރ.އަލިފުށީގައި 30 އެނދުގެ ހޮސްޕިޓަލެއް އިމާރާތް ކުރުމުގެ މަސައްކަތް މިއަހަރުގެ ފަހު ކުއާޓަރުގައި ފަށާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ނަސީމު މިހެން ވިދާޅުވީ، އަލިފުށީގައި ހޮސްޕިޓަލެއް އަޅަން ޑިޒައިންކޮށް އެ ހޮސްޕިޓަލް އަޅާނީ ކޮންއިރަކުންތޯ އޮޅުން ފިލުވުމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު، ހެލްތު މިނިސްޓަރާ ލިޔުމުން ކުރެއްވި ސުވާލަކަށް މިނިސްޓަރު ލިޔުމުން ދެއްވި ޖަވާބުގައެވެ.
މިނިސްޓަރު ނަސީމު ވިދާޅުވީ، އެ ޕްރޮޖެކްޓުގެ ބިލް އޮފް ކުއަންޓިޓީ މިހާރު ނިމިފައިވާ ކަމަށެވެ. އަދި އެ ޕްރޮޖެކްޓުގެ މަރުހަލާ ކުރިއަށް ގެންދަނީ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިންއާ ފުޅާ ދާއިރާާއެއްގައި މަޝްވަރާކުރުމަށްފަހު، އެފަރާތުގެ ހިޔާލާއެކުގައި ކަމަށާއި އެ މެންބަރުގެ ލަފާގެ މަތިން ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ހޮސްޕިޓަލް ޕްރޮޖެކްޓް ޔޫއެސްބީ މޮޑެލްގެ ދަށުން ކުރިއަށް ގެންދިއުމަށް ބޭރުގެ ކޮންޓްރެކްޓަރެއް ހޮވައި ސޮއިކުރަންޖެހޭ އެއްބަސްވުމުގައި މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު ސޮއިކޮށް އިދާރީ ކަންތައްތައް ފުރިހަމަކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު