ޒިކުރާ މިސްކިތް އިމާރާތްކުރުމަށް ހަވާލު ކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިމެނޭ ކަމަށް ތުހުމަތުކޮށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރުގެ މައްޗަށް ކޮށްފައިވާ ދައުވާތަކަށް އޭނާ އިންކާރުކޮށް އެ ކަމުގައި އޮތީ އިދާރީ އޮޅުމެއް ކަމަށް ވިދާޅުވެއްޖެއެވެ.
ޑރ. ޒިޔާދުގެ މައްޗަށް ދައުވާ ކޮށްފައިވަނީ ދާރުލް ޒިކުރާ މިސްކިތް އިމާރާތްކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަންއާ އެކު އިސްލާމިކް މިނިސްޓްރީން ވެފައިވާ އެއްބަސްވުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރި ކަމަށް ބުނާ މައްސަލަތަކެއްގައެވެ.
މީގެ އިތުރުން އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ޑރ. ޒިޔާދު ހުންނެވި އިރު ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަނުން ހުށަހެޅި ޕްރޮޕޯސަލާ ހިިލާފަށް ދައުލަތަށް ގެއްލުން ވާގޮތަށް އެއްބަސްވުން ގާއިމުކޮށްފައިވާ ކަމަށާއި އެ އެއްބަސްވުމުގައި ސޮއިކުރުމުގެ ސަބަބުން އެ ކުންފުންޏަށް އިކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ.
ޕްރޮޕޯޝަލްގައިވާ ގޮތާ ހިލާފަށް އެސްޖޭ ކޮންސްޓްރަކްޝަނަށް ހަތް ފަންގިފިލާ ދިނުމަށްފަހު ދައުލަތަށް ތިން ފަންގި ފިލާ ލިބޭ ގޮތަށް ހަދާފައިވާ އެއްބަސްވުމުގައި ޑރ. ޒިޔާދު ސޮއިކޮށްފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.
މިއަދުގެ އަޑުއެހުމުގައި ޑރ. ޒިޔާދުގެ ފަރާތުން ވަކީލް ނޫރުއްސަލާމް ވަނީ އެ ދައުވާތަކަށް އިންކާރުކޮށްފައެވެ. އަދި މަގާމުގައި ހުންނެވި އިރު އެއްވެސް ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ ގޮތުން ޑރ. ޒިޔާދު މަސައްކަތްކޮށްފައި ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ދައުލަތަށް ލިބެންޖޭހެ ހަތަރު ފްލޯގެ ބަދަލުގައި ތިން ފްލޯ އެއްބަސްވުމުގައި އޮތުމަކީ އިދާރީ ގޮތުން ދިމާވި ކަމެއް،" ވަކީލު ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓްރީގެ ކަމާ ބެހޭ ޑިޕާޓްމެންޓްތަކުން އެ އެއްބަސްވުން ބަލައި ދިރާސާކޮށް އެޕްރޫވް ދިން ކަން ވަކީލު ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ، ފިނޭންސް މިނިސްޓްރީން ވެސް އެއްބަސްވުން ބެލުމަށްފަހު އެޕްރޫވްކޮށް އެއާ އެއްގޮތަށް ކުރިއަށް ދިއުމަށް އެދުނު ކަމަށެވެ.
އެސްޖޭ ކޮންސްޓްރަކްޝަނާ އެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2018 ވަނަ އަހަރުގެ ޖުލައި މަހުގައެވެ. އަދި އެއްބަސްވުމުގައި އޮތް ފްލޯ ބެހެމުގެ ކުށް، ޖެހިގެން އައި އޯގަސްޓް މަހު އިސްލާމިކް މިނިސްޓްރީގެ ސަމާލުކަމަށް އައުމުން އެކަން އިސްލާހު ކުރުމަށް މިނިސްޓަރުގެ ހައިސިއްޔަތުން ޑރ. ޒިޔާދު މަސައްކަތް ކުރެއްވި ކަން ވެސް ނުރޫއްސަލާމް ފާހަގަކުރެއްވިއެވެ.
އެހެން ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމި މިނިސްޓަރު ކަމުން ޑރ. ޒިޔާދު އެއްފަރާތްވި އިރު ވެސް އެ މައްސަލަ ހައްލުވެފައެއް ނުވެއެވެ. އަދި މި ސަރުކާރުން ވަނީ އެ އެއްބަސްވުން ބާތިލްކޮށް އެސްޖޭ ކޮންސްޓްރަކްޝަނަށް އިކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު