މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ގޭގެ އެންމެ ތިރިން ކުނި ނަގާ ގޮތަށް ކުރިން ހަމަޖައްސާފައި އޮތް ނަމަވެސް އެ ނިންމުން ބަދަލުކޮށް، ކުނި ނެގުމަށް އެޕާޓްމެންޓްތަކަށް އެރުމަށް ވެމްކޯއިން ނިންމައިފިއެވެ.
އެ ނިންމުން ބަދަލުކޮށްފައިވަނީ ކަސްޓަމަރުންގެ ފަރާތުން ލިބުނު ހިޔާލުތަކާ ގުޅިގެން ކަމަށް ވެމްކޯ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ ބުނެފައެވެ. އަދި 15 ވަނަ ދުވަހުން ފެށިގެން ކުނި ނެގުމަށް އެޕާޓްމެންޓްތަކަށް އަރާނީ ވެމްކޯގެ ހިދުމަތަށް ރެޖިސްޓާ ކޮށް، ބަރާބަރަށް ފައިސާ ދައްކަމުންދާ
މިއަދުން ފެށިގެން ވެމްކޯ އިން ގޭ ބިސީތަކަށް ފޯރުކޮށްދޭ ހިދުމަތްތަކަށް ރެޖިސްޓާ ކުރެވޭނީ ހަމައެކަނި އެ އިމާރާތުގެ ވެރިފަރާތްތަކަށް އެކަންޏެވެ.
މީގެ އިތުރުން އަމިއްލައަށް ކުނި އުކާލުމަށް ދޫކޮށްފައިވާ ވެމްކޯގެ ޑީ-ކާޑް ހިދުމަތް، މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން މެދުކަނޑާލުމަށް ވެސް ވަނީ ނިންމައިފައެވެ. އެއީ ވެމްކޯގެ މާލޭ ވޭސްޓް ޓްރާންސްފާ ސްޓޭޝަން އިތުރަށް ތަރައްގީ ކުރުމަށްޓަކައި ސައިޓުގެ ބޮޑު ސަރަހައްދެއް ބަންދުކުރަން ޖެހުމުން ކަމަށް ވެސް އެކުންފުނިން ވަނީ ބުނެފައެވެ.
- މާލެ: 18:00 އިން 23:00 އަށް
- ވިލިމާލެ: 20:00 އިން 23:00 އަށް
- ހުޅުމާލެ: 20:00 އިން 23:00 އަށް
ވެމްކޯއިން ގޭބިސީތަކަށް އަރައި ކުނި ނެގުމަށް ހަމަޖެހިފައިވާއިރު، މާލޭގެ މަގުތައް މަތީގައި ކުނި ބެހެއްޓުމަކީ މަނާ ކަމެއް ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. އެހެންކަމުން މަގުމައްޗަށް ކުނި ނުނެރުމަށް ވެމްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.
ޚަބަރު
ޚަބަރު