ޓެކްސީއެއްގެ ތެރޭގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، 16 އަހަރުގެ އަންހެން ކުއްޖަކަށް ޓެކްސީއެއް ތެރޭގައި ޖިންސީ ގޯނާކުރި ކަމަށް ބުނެ މައްސަލައެއް ރޭ ހުށަހަޅާފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން މިހާތަނަށް އަދި މީހަކު ހައްޔަރުކޮށްފައި ނުވި ނަމަވެސް އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ޓެކްސީތަކަށް އަރާ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދޭން ޖެހޭއިރު ޓެކްސީތަކަށް އަރާ އަންހެނުނަށް ފުރައްސާރައާ ކުރިމަތިވާ ކަމުގެ އަޑުތައް ދޭތެރެ ދޭތެރެއިން އަރައެވެ.