ބ. ދޮންފަނުގައި އާދަޔާ ހިލާފަށް ރޯގާ ފެތުރެމުންދާތީ ނެގި ސާމްޕަލުތަކުގެ ތެރެއިން ސާމްޕަލެއް ކޮވިޑަށް ޕޮޒިޓިވްވުމުން، އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އެރަށް މޮނީޓަރިންނަށް ލާފައިވަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެނެވެ.
ދޮންފަނު ކައުންސިލުން ބުނީ، ޕޮޒިޓިވް ކޭސްއާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން އެރަށުގެ ދެ ގެއެއް ކަރަންޓީނަށް ލާފައިވާ ކަމަށެވެ. އެ ދެގެއަކީ ޕޮޒިޓިވް ކޭސްއާ ކޮންޓެކްޓުވި މީހުން އުޅޭ ދެގެ ކަމަށް ކައުންސިލުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި ދޮންފަނުން ޕޮޒިޓިވްވީ ކުޑަކުއްޖެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު