މާލެ ސިޓީ ކައުންސިލުގެ ކުރީގެ ޑެޕިއުޓީ މޭޔަރު ސަމާހު ރަޝީދު ޕީޕީއެމްއާ ގުޅިވަޑައިގެންފިއެވެ.
ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ސަމާހުއަކީ މާލެ ސިޓީއަށް ލާމަރުކަޒީ އުސޫލުން އިންތިހާބުވެވަޑައިގަތް ފުރަތަމަ ޑެޕިއުޓީ މޭޔަރެވެ.
ސަމާހު ޕީޕީއެމްއާ ގުޅިވަޑައިގަތީ "އައްޑަނަ"ގެ ނަމުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައެވެ.
ޕާޓީއާ ގުޅިވަޑައިގެންކަމުގެ ފޯމް ސަމާހު ހަވާލުކުރެއްވީ ޕީއެންސީގެ ރައީސް އަދި އިދިކޮޅު އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއެވެ.
ސަމާހުގެ އިތުރުން ޕީޕީއެމްއާ އަލަށް ގުޅުނު 80 މީހެއްގެ ފޯމުތައްވެސް ރޭ ވަނީ އިދިކޮޅު ލީޑާޝިޕާ ހަވާލުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު