މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ބޮމުގެ ހަމަލާގެ ތަހުގީގަށް އެމަނިކުފާނުގެ ބަޔާން ނެގުމާ ގުޅޭ ގޮތުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާއެކު ފުލުހުން މަޝްވަރާތައް ފަށައިފިއެވެ.
ފުލުހުން މިރޭ ބުނީ، ރައީސް ނަޝީދުގެ ބަޔާން ނެގުމާ ގުޅޭ ގޮތުން ޕީޖީ އޮފީހުން ފުލުހުންނަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އެހެންވެ، ޕީޖީއާ ގުޅިގެން އެކަމުގައި ކުރިއަށްދާނެ ގޮތަކާ ގުޅޭ ގޮތުން މަޝްވަރާކުރަމުން އަންނަ ކަމަށް ބުންޏެވެ.
ރައީސް ނަޝީދު އަވަހާރަކޮށްލުމަށް މެއި މަހުގެ ހަވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާއާ ބެހޭ ގޮތުން އެމަނިކުފާނު ބަޔާން ދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ރައީސް ނަޝީދުގެ ވަކީލުން އިއްޔެ ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދުގެ ބަޔާން ނެގުމުގެ މަޝްވަރާތައް ކުރަމުން އަންނަ އިރު ހަމަލާގެ ތަހުގީގަށް ރައީސް ނަޝީދުގެ ފަރާތުން ބަޔާނެއް ލިބުމަކީ މުހިންމު ކަމެއްކަމަށް ޕީޖީ ހުސައިން ޝަމީމްގެ އިތުރުން ފުލުންވެސް މީގެ ކުރިން ވަނީ ބުނެފައެވެ.
އައިއީޑީއެއް ގޮއްވާލައިގެން ނަޝީދަށް ހަމަލާދިން މައްސަލައިގައި ދައުލަތުން ހަތަރު މީހަކަށް ދައުވާކޮށްފައެވެ. އެއީ ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދާއި ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގެ، މުޖާޒު އަހުމަދުގެ އިތުރުން ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމްއެވެ. އެމީހުންގެ ޝަރީއަތްތައް މިދިޔަ މަހުގެ ތެރޭގައި ވަނީ ފަށައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު