މޯލްޑިވްސް ޕެންޝަން އޮފީހުގެ ޗީފް އެގްޒެކްޓިވް އޮފިސަރު (ސީއީއޯ) މރ. ޖޯން ގްރިންޑާލް ގެ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ނޫޅޭ ކަމަށް އެ އޮފީހުން ބުނެފިއެވެ.
ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި މރ. ޖޯން ގްރިންޑާލް، ޕެންޝަން އޮފީހުގެ ސީއީއޯ ކަމުގެ މަގާމުން ވަކި ކޮށްފި ކަމަށް މީސް މީޑިއާގައި ދެކެވެމުންދާ ވާހަކަ ތަކަކާ ގުޅިގެން ޕެންޝަން އޮފީހުގެ މިޑީއާ އޮފިޝަލު "ވަން އޮންލައިން" މިއަދު އަށް ވިދާޅުވީ އެފަދަ މައްސަލަ ހުށަހެޅިފައި ނުވާ ކަމަށެވެ.
މީގެ އިތުރުން ޕެންޝަން އޮފީހުގެ ސީއީއޯ ކަމުގެ މަގާމުން އޭނާ ވަކި ކޮށްފައި ނުވާ ކަމަށާއި، ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި އޭނާ ވަޒީފާއިން ވަކި ކުރިކަމަށް ދައްކާ ވާހަކައަކީ ހަގީގަތެއް ނެތް ވާހަކަ ތަކެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް އިނގިރޭސި ރައްޔިތެއް ކަމަށްވާ ޖޯން ގްރިންޑަލް އައްޔަން ކުރީ ހުސްވި 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު