ސިދާތު ޝުކްލާ ހާޓްއެޓޭކެއް ޖެހިގެން މަރުވެއްޖެއެވެ.

އުމުރުން 40 އަހަރުގައި ސިދާތު މިއަދު މަރުވެފައިވަނީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް ހަބަރުތައް ބުނެއެވެ.

ޑްރާމާ ސިލްސިލާ ބާލިކާ ވަދޫ ގައި ހުށަހަޅައިދިން އެކްޓިންގެ ސަބަބުން ބެލުންތެރިންގެ ލިބިފައިވާ ސިދާތު ވަނީ ބިގްބޮސް 13 ގައި ބައިވެރިވެ ކާމިޔާބުކޮށްފައެވެ.

ހާޓް އެޓޭކެއް ޖެހިގެން ސިދާތު މަރުވެފައިވާ ކަން އިންޑިއާގެ ކޫޕާ ހޮސްޕިޓަލް އިން ވަނީ މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ. އޭނާ މަރުވެފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ސިދާތުގެ ކުއްލި ވަކިވުން ވަނީ ގިނަބަޔަކަށް ގަބޫލުކުރަން ދަތި ހަބަރަކަށް ވެފައެވެ.