އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް ވާދަނުކުރެވޭނެ ކަމަށް އެޕާޓީން ނިންމި ނިންމުމަކީ އެ ކޮމިޝަނަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި މެދު އުތުރު ޕްރޮވިންސްގެ ރައީސް ކަމަށް ވާދަކުރައްވަން ނިންމަވައި، ފޯމު ހުށަހަޅުއްވާފައި ވަނިކޮށް މަހުލޫފަށް އިންތިހާބުގައި ވާދަނުކުރެއްވޭނެ ކަމަށް ނިންމައި އެކަން އެމްޑީޕީން އެންގީ މިދިޔަ މަހުގެ 16 ވަނަ ދުވަހުއެވެ.
އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ނިންމުމުން މަހުލޫފުގެ ފަރާތުން އެ މައްސަލަ އީސީއަށްވެސް ހުށަހެޅިއެވެ. އެއީ މިދިޔަ އޮގަސްޓު މަހުގެ 24 ވަނަ ދުވަހުއެވެ.
އެ ކޮމިޝަންގެ މެމްބަރު ފުއާދު ތައުފީގު މިއަދު "ވަން" އަށް ވިދާޅުވީ، މަހުލޫފުގެ މައްސަލަ ބެލުމަށްފަހު އީސީގައި މިއަދު މެންދުރުފަހު ބޭއްވި ބައްދަލުވުމުގައި އެ މައްސަލައަކީ އެ ކޮމިޝަންގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ މައްސަލައަކަށް ނުވާތީ އެ މައްސަލަ ނުބެލޭނެ ކަމަށް ނިންމާފައިވާ ކަމަށެވެ.
"ނަމަވެސް އަޅުގަނޑުމެންވާނެ ފާހަގަކުރެވުނު ބައެއް ކަންކަން ދެފަރާތާވެސް، މި ދެންނެވީ މިނިސްޓަރު މަހުލޫފާވެސް އެމްޑީޕީއާވެސް ހިއްސާކޮށްފައި. މީގައި އެބަހުރި ރަނގަޅު ކުރެވިދާނެ ކަންތައްތަކެއް" ފުއާދު ވިދާޅުވިއެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި މަހުލޫފަށް ވާދަނުކުރެވޭނެ ކަމަށް އެމްޑީޕީން ނިންމިި އިރު، މަހުލޫފުގެ މައްޗަށް އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅޭ މައްސަލައެއްގައި ދައުވާ ކުރުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވައިފައެވެ. ނަމަވެސް އެ މައްސަލައިގައި މަހުލޫފަށް ދައުވާ އުފުލުމާ މެދު ޕީޖީ އޮފީހުން އަދިވެސް ގޮތެއް ނިންމާފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު