ހުޅުމާލެ ގާޒީ ސްކޫލްގެ ގްރޭޑް ހަތަރެއްގެ ކުއްޖަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވުމުގެ ސަބަބުން ބައެއް ކުދިން ކަރަންޓީން ކޮށްފިއެވެ.
"ވަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގްރޭޑް ހަތަރެއްގެ ކުލާހެއްގެ ކުއްޖަކު ކޮވިޑަށް ޕޮޒިޓިވް ވި ކަމުގެ ނަތީޖާ ލިބުނީ މިދިޔަ ހޯމަ ދުވަހު އެވެ.
ނަމަވެސް އެދުވަހު އެކުއްޖާ ސްކޫލަށް ގޮސްފައި ނުވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
ގާޒީ ސްކޫލްގެ ޕްރިންސިޕަލް މަރިޔަމް މުހައްމަދު ވިދާޅުވީ، އެ ސްކޫލް ގްރޭޑް ހަތަރެއްގެ ކުލާހަކުން ކުއްޖަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ލަފާގެ މަތިން އެ ކްލާހުގެ ފަސް ކުއްޖަކާއި އެ ކްލާހުގެ ޓީޗަރު ކަރަންޓީނު ކޮށްފައިވާ ކަމަށެވެ.
ކަރަންޓީނު ކުރި ފަސް ކުދީންނަކީ ގްރޫޕު ހަދައިގެން ކުލާހުގައި ކުދިން ތިބޭ އިރު، އޭގެ ތެރެއިން އެކުއްޖާ ހިމެނުނު ގްރޫޕުގައި ހިމެނޭ ފަސްކުދިން ކަމަށްވެސް ޕްރިންސިޕަލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެކުދިން ކަރަންޓީނު ކުރި ނަމަވެސް އޮންލައިން ކޮށް އެ ކުދީންނަށް ކިވައިދިނުމުގެ ކަންތައް ކުރިއަށް ދާނެ ކަމަށެވެ. އަދި އެހެން ކުލާސްތަކުގެ ކުދިންނަށް އާއްމު އުސޫލުން ސްކޫލްގައި ކިޔަވައިދިނުން ކުރިއަށް ދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު