ރައްޔިތުން މަޖިލީހުގެ ކުރީގެ އަމީން އާންމު އަހުމަދު މުހައްމަދު ޕީޕީއެމާ ގުޅިވަޑައިގެންފިއެވެ.
އަހުމަދު މުހައްމަދު ޕީޕީއެމާ ގުޅިވަޑައިގެން މެމްބާޝިޕް ފޯމް މިއަދު ވަނީ އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަންގެ އިސް ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)އާ ހަވާލުކުރައްވައިފައެވެ.
އަހުމަދު މުހައްމަދު ވަނީ 13 އަހަރު ވަންދެން މަޖިލީހުގެ އަމީން އާންމުކަން ކުރައްވައިފައެވެ. އަދި މީގެ ކުރިން އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އޭނާ ހަރަކާތްތެރިވެފައެއް ނުވެއެވެ.
ކުރީގެ އަމީން އާންމު އަހުމަދު ޕީޕީއެމާ ގުޅިވަޑައިގެންފައިވާ އިރު، ޕާޓީއަށް މެމްބަރުން އިތުރު ކުރުމަށް އިދިކޮޅުން އަންނަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަމުންނެވެ. އެގޮތުން ލައްކައަކަށް ވުރެ ގިނަ މެމްބަރުން އިތުރު ކުރުމަށް ފަށާފައިވާ ކެމްޕެއިންގައި އިދިކޮޅުގެ ލީޑަރުން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރު ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު