މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަންގެ ބޭފުޅުން، ހާޒިރު ކޮށްގެން ކުރިއަށް ގެންދާ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ ބައްދަލުވުން ސިއްރު ކޮށްފިއެވެ.
މީގެ ކުޑައިރުކޮޅެއް ކުރިން ކޮމިޓީގެ ބައްދަލުވުން ފެއްޓެވުމަށްފަހު، ކޮމެޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން ގެ މައްސަލައާއި ރ. މީދޫ ފެންފިޔާޒުގޭ މުހަައްމަދު އަނަސްގެ މަރުގެ މައްސަލައިގެ އިތުރުން ހ. ދޫހިމެރިގެ، ނަދާލް ރަޝީދުގެ މަރުގެ މައްސަލަ ތަކަކީ އެ ކޮމިޝަނުން ކުރިއަށްގެންދާ މައްސަލަތަކެއް ކަމަށެވެ.
އެއީ މިހާރުވެސް ތަހުގީގު ކުރިއަށްދާ މައްސަލަ ތަކަކަށްވާތީ ކޮމެޓީގެ ބައްދަލުވުން ސިއްރު ކުރަން ބޭނުން ނަމަ އެކަމަށް އެދި ހުށަހެޅުމަށް ފުރުސަތު ދެއްވާ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
އެހެންކަމުން މަރު ކޮމިޝަނުން ބަލާ ގިނަ މައްސަލަތަކަކީ މިހާރުވެސް ތަހުގީގު ކުރިއަށްދާ މައްސަލަ ތަކަކަށް ވާތީ ކޮމިޓީގެ ބައްދަލުވުން ސިއްރު ކުރަން ހުށަހެޅުއްވީ، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ. އޭނާގެ ހުށަހެޅުމަށް ތާއީދު ކުރެއްވީ، ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބެވެ.
ވޯޓަށް އެހުމުން ކޮމެޓީ ބައްދަލުވުމުގައި ތިއްބެވި ހުރިހާ މެންބަރުންގެ އިއްތިފާގުން ބައްދަލުވުން ސިއްރުކުރަން ފާސްކުރިއެވެ.
241 ކޮމެޓީ
241 ކޮމެޓީ
241 ކޮމެޓީ
241 ކޮމެޓީ