މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަންގެ ބޭފުޅުން، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް މިއަދު ހާޒިރުކުރަން ނިންމައިފިއެވެ.
އެކޮމިޝަން މެންބަރުން ކޮމިޓީއަށް ހާޒިރު ކުރަނީ މިއަދު 1:00 އަށެވެ.
އެއީ އެ ކޮމިޝަނުން ބަލަމުން އަންނަ މައްސަލަތަކާބެހޭ މައުލޫމާތު އޮޅުން ފިލުވުމަށެވެ.
ޓޫފޯވަން ކޮމެޓީގައި ވާހަކަ ދައްކަމުން އެ ކޮމެޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ، މަރު ކޮމިޝަނުން ބަލަމުން އަންނަ މައްސަލަތައް ލަސްވަމުންދާތީ އެކަން އޮޅުން ފިލުވުމަށް މަރު ކޮމިޝަނަށް ކޮމެޓީން ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.
އެކޮމިޝަނުން ބަލަމުން އަންނަ މައްސަލަތަކާ ގުޅިގެން އޮޅުން ފިލުވަން ބޭނުންވާ ކަންކަން އޮޅުން ފިލުވުމަށް ކޮމިޝަންގެ މެންބަރުން ކޮމިޓީއަށް ހާޒިރުކުރަން ހުސްވި 2020 ވަނަ އަހަރުވެސް މަސައްކަތް ކުރެއްވި ކަމަށާއި އެކި ސަބަބު ތަކާ ހުރެ އެ ބޭފުޅުން ކޮމިޓީއަށް ހާޒިރު ކުރެވޭ ގޮތް ވެފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ.
ރިލްވާން މައްސަލައާ ބެހޭ ބައެއް މައުލޫމާތު ކޮމެޓީން އޮޅުުން ފިލުވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
241 ކޮމެޓީ
241 ކޮމެޓީ
241 ކޮމެޓީ
241 ކޮމެޓީ