ފުވައްމުލަކުން މާލެ އަންނަ އޮތް މޯލްޑިވިއަންގެ ފުލައިޓެއް ހައިޖެކް ކުރާނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލައިގައި މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ރޭ ބުނީ ފުވައްމުލަކުން މާލެ އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ހައިޖެކް ކުރާނެ ކަމަށް ބުނެ، މީހަކު އިންޒާރު ދިން މައްސަލައެއް ރޭ 8:50 ހާއިރު ހުށަހެޅުނު ކަމަށެވެ.
މިކަމާ ގުޅިގެން ފުލުހުން މިއަދު ބުނީ މި މައްސަލައާ ގުޅިގެން އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު