ހުޅުމާލޭ 147 ވަނަ ފުލެޓުގެ އެޕާޓްމަންޓެއްގައި އަލިފާން ރޯވެއްޖެއެވެ.

އެ ސަރަހައްދުގައި ހަރަކާތްތެރިވި "ވަން"ގެ ނޫސްވެރިއަކު ބުނި ގޮތުގައި، އަލިފާން ރޯވީ އެ ފުލެޓުގެ ދެވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގައެވެ. ނަމަވެސް ތިން ވަނަ ފަންގިފިލާއަށްވެސް އަލިފާނުގެ އަސަރު ކޮށްފައިވާ ކަމަށާއި ނަމަވެސް އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކޮށްފައިވާ ކަމަށް ބުންޏެވެ.

އެމްއެންޑީއެފުން މިރޭ ބުނީ، އެ ހާދިސާގައި ފުލެޓުގެ ދެވަނަ ބުރީގެ ދެ އެޕާޓްމަންޓާއި ތިން ވަނަ ބުރީގެ ދެ އެޕާޓްމަންޓަށްވެސް އަލިފާނުގެ ސަބަބުން އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ. ނަމަވެސް ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ބުންޏެވެ.

އެމްއެންޑީއެފުން މިހާރު ދަނީ އަލިފާން ރޯވި ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ.