އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަލްއުސްތާޒް އަހުމަދު އާހިދު ރަޝީދު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
އިންފޮމޭޝަން ކޮމޝަނަރުގެ މަގާމު ހުސްވީ، މީގެ ކުރީން އެ މަގާމުގައި ހުންނެވި ހުސެއިން ފިޔާޒު މޫސާ މިދިޔަ މާޗް މަހުގެ 21 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން އެ މަގާމަށް ކުރިމަތި ލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލް ޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ހަތަރު ބޭފުޅުންގެ ނަން މަޖިލީހަށް ފޮނުއްވިއެވެ.
އޭގެ ތެރޭގައި އާހިދުގެ އިތުރުން ދެން ހިމެނިވަޑައިގަންނަވަނީ ޝިހާމް މުހައްމަދު ވަހީދު އާއި އަޒްލީމާ އަހުމަދުގެ އިތުރުން މަރިޔަމް އަލީމް އެވެ.
މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން އެ ބޭފުޅުންނާ އިންޓައިވު ކުރުމަށްފަހު އޭގެ ތެރެއިން އާހިދު އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރަން ފެންނަ ކަމަށް ފާސްކޮށް މަޖިލިސް ތަޅުމަށް ފޮނުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އިން އާހިދުގެ ނަން ފާސްކުރީ ޖަލްސާގައި ތިއްބެވި 51 މެންބަރުންގެ ތެރެއިން 49 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް