ހިޔާ ޓަވަރުތަކުގެ ތެރެއިން މިއަދު ކަރަންޓު ދިނުމަށް ހަމަޖެހިފައިވަނީ އެއްވަނަ ޓަވަރާއި ދެވަނަ ޓަވަރަށް ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
ސްޓެލްކޯ އިން ބުނީ، ކުރިންވެސް ހަމަޖެހިފައިވާ ގޮތަށް އެ ދެ ޓަވަރުން ފުލެޓު ލިބިފައިވާ މީހުން ހާޒިރުވާން ޖެހޭ ގަޑި އެސްއެމްއެސް މެދުވެރިކޮށް އަންގާނެ ކަމަށެވެ.
އެމީހަކަށް ހާއްސަ ކުރެވިފައިވާ ގަޑިއަށް އެ ކުންފުނިން ދޫކޮށްފައިވާ ސްލިޕާއި ފުލެޓުގެ ތަޅުދަނޑިއާއެކު، ޓަވަރަށް ދިއުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.
މިމަހުގެ 17 ވަނަ ދުވަހު ފެށިގެން ކުރިއަށްގެންދާ ޓަވަރުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތުގެ ދަށުން ކަރަންޓު ދިނުމަށް ހަމަޖެހިފައިވަނީ ދުވާލަކު ދެ ޓަވަރަށެވެ. އަދި މިހާތަނަށް 13 ޓަވަރުގެ ކަރަންޓު މަސައްކަތް އެއްކޮށް ނިމިފައިވާ އިރު، ކަރަންޓުގެ މަސައްކަތް ނުނިމި ހުރީ ލިފްޓުތައް ކޮމިޝަން ކޮށް ނުނިމި ހުރި ޓަވަރުތަކުގަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު