އެމްޕީއެލް ސަރަހައްދުން ފެނުނު އިގުނާއާއެއް ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އެމްއެމްޑީއެފުން ބުނީ މިއަދު މެންދުރު، އެމްޕީއެލް ސަރަހައްދުން ރާއްޖެއިން އާންމުކޮށް ނުފެންނަ ބާވަތެއްގެ ބޮނޑެއް ކަމަށްވާ "ވައިލްޑް އިގުއާނާ" އެއް ފެނިގެން އެމްޕީއެލުން ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން މިއަދު މެންދުރުފަހު 2:00 އެހާކަންހާ އިރު ކޯސްޓުގާޑުގެ ސެކަންޑް ސްކޮޑްރަންގެ ޕޯޓް އެންޑް ހާބަރު ސެކިއުރިޓީގެ ބެލުމުގެ ދަށަށް އެ އިގުއާނާ ގެނެސްފައިވާ ކަމަށް ބުންޏެވެ.
އެނގިފައިވާ ގޮތުގައި ޕޯޓް ސަރަހައްދުން ފެނިފައިވަނީ ދެ ފޫޓުގެ އިގުއާނާއެކެވެ. މި ވައްތަރުގެ އިގުއާނާއަކީ އިންސާނުންނަށް ނުރައްކާތެރި އެއްޗެއް ނޫނެވެ.