ކޮވިޑް ކޭސްތަކެއް ފެނި ށ. ކަނޑިތީމާއި ހދ. ނޮޅިވަރަމް އަދި މ. ވޭވަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިއަދު ބުނީ ކަރަންޓީނުގައި ނެތް ބަޔަކު ޕޮޒިޓިވްވުމުން، ކަނޑިތީމާއި ނޮޅިވަރަމްގެ އިތުރުން ވޭވަށް މިއަދު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.
އެގޮތުން ކަނޑިތީމު މޮނީޓަރިންއަށް ލާފައިވަނީ އެރަށު ފްލޫ ކްލިނިކަށް ދެއްކި ނުވަ އަހަރުގެ ފިރިހެން ކުއްޖަކު ކޮވިޑަށް ޕޮޒިޓިވްވުމުންނެވެ. ވޭވަށް މޮނީޓަރިންއަށް ގެނެސްފައިވަނީ އެ ރަށުގައި އާންމު ރޯގާއެއް ފެތުރެމުންދާތީ، ރެންޑަމްކޮށް ނެގި ސާމްޕަލްތަކުގެ ތެރެއިން ދެ ކުޑަ ކުދިންނާއި ބޮޑު މީހަކު ކޮވިޑަށް ޕޮޒިޓިވްވުމުންނެވެ. އަދި ނޮޅިވަރަމް މޮނީޓަރިން އަށް ގެނެސްފައިވަނީ އެ ރަށުގެ ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑަށް ޕޮޒިޓިވްމުންނެވެ.
އެ ތިން ރަށާ އެކު މިއަދު މޮނީޓަރިންގެ ހާލަތަށް ގެނައި ރަށްތަކުގެ ޖުމުލަ ވަނީ ފަހަކަށް އަރައިފައެވެ. މިއަދު ވަނީ އދ. މަހިބަދޫ އާއި ވ. ތިނަދޫވެސް މޮނީޓަރިންގެ ހާލަތަށް ގެނަސްފައެވެ.
- ރ. ދުވާފަރު (މޭ 25 އިން ފެށިގެން)
- ކ. ކާށިދޫ (ޖުލައި 13 އިން ފެށިގެން)
- ށ. ފީވައް (ޖުލައި 29 އިން ފެށިގެން)
- ދ. ކުޑަހުވަދޫ (ޖުލައި 31 އިން ފެށިގެން)
- އއ. ހިމަންދޫ (އޮގަސްޓް 3 އިން ފެށިގެން)
- އދ. ހަންޏާމީދޫ (އޮގަސްޓް 16 އިން ފެށިގެން)
- ހއ. އިހަވަންދޫ (އޮގަސްޓް 16 އިން ފެށިގެން)
- ގއ. ކަނޑުހުޅުދޫ (އޮގަސްޓް 19 އިން ފެށިގެން)
- މ. މަޑުއްވަރީ (އޮގަސްޓް 19 އިން ފެށިގެން)
- ކ. ގާފަރު (އޮގަސްޓް 20 އިން ފެށިގެން)
- ޏ. ފުވައްމުލަކު (އޮގަސްޓް 21 އިން ފެށިގެން)
- ގދ. ގައްދޫ (އޮގަސްޓް 23 އިން ފެށިގެން)
- ގދ. މަޑަވެލި (އޮގަސްޓް 26 އިން ފެށިގެން)
- ތ. ވޭމަންޑޫ (އޮގަސްޓް 26 އިން ފެށިގެން)
- ލ. މުންޑޫ (އޮގަސްޓް 27 އިން ފެށިގެން)
- ށ. މިލަންދޫ (އޮގަސްޓް 27 އިން ފެށިގެން)
ކޮވިޑާ ގުޅިގެން ރާއްޖޭގެ 21 ރަށެއް މޮނީޓަރިންގެ ހާލަތުގައި އޮތްއިރު، އެ ބަލީގައި މިއަދު ވަނީ މީހަކު ވެސް މަރުވެފައެވެ. އެއާ އެކު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 226 އަށް އަރައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު