ތިލަފުށީގައި ޕިކަޕަކާއި ބައިސިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.
ފުލުހުން ބުނީ ތިލަފުށީގައި މިއަދު ހަވީރު ޕިކަޕަކާއި ބައިސިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށާއި މި އެކްސިޑެންޓްގައި ބައިސިކަލް ދުއްވަން އިން ބިދޭސީ ފިރިހެން މީހާއަށް އަނިޔާވެފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެމީހާ މާލެ ގެނެސް އައިޖީއެމްއެޗްގައި މިހާރު ފަރުވާ ދެމުން އަންނަ ކަމަށެވެ. ނަމަވެސް އެމީހާއަށް ލިބިފައިވަނީ ކިހާ ވަރެއްގެ އަނިޔާތަކެއް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވެއެވެ. އެގޮތުން އޭނާގެ ބޮލަށާއި އަތަށް އަނިޔާވެ، ވަރަށް ގިނައިން ލޭ އައިސްފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު