އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެމްޑީޕީން މިއަދު ބުނީ، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފަައި ވަނީ މިއަދުން ފެށިގެން އަންނަ ހޯމަ ދުވަހާ ހަމައަށް ކަމަށެވެ.
ސިޓީގެ އަސްލުން ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ، ޝަކުވާ ހުށަހަޅަން ޖެހޭނީ އަންނަ އާދީއްތަ އަދި ހޯމަ ދުވަހުގެ ހެނދުނު 09:00 އިން ހަވީރު 4:00 އަށް އެމްޑީޕީ އޮފީހުގެ ދެވަނަ ފަންގިފިލާއަށެވެ. އޮންލައިންކޮށް ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ މިއަދުން ފެށިގެން އަންނަ ހޯމަ ދުވަހުގެ ހަވީރު 4:00 އާހަމައަށް އީމެއިލް، [email protected] މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެއެވެ.
އެމްޑީޕީން ބުނީ، ޝަކުވާ ހުށަހެޅޭނީ މިމަހުގެ 16 ވަނަ ދުވަހު އެޕާޓީން ހުޅުވާލި ޝަކުވާ ހުށަހެޅުމުގެ ފުރުސަތުގެ ތެެރެއިން ކެންޑިޑޭޓުންގެ ދާއިމީ ލިސްޓު އާންމު ކުރި އިރު ޝަކުވާ ހިމެނިފައިނުވާ ފަރާތްތަކަށް ކަމަށެވެ. އަދި މިއަދު ހުޅުވާލި ފުރުސަތުގައި ކުރިން ހުށަހަޅާފައިވާ ފުރުސަތުގައި ހުށަނާޅާ އާ ޝަަކުވާއެއް ބަލައި ނުގަންނާނެ ކަމަށް ބުންޏެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 25 ވަނަ ދުވަހުއެވެ. އިންތިހާބުގައި 735 ކެނޑިޑޭޓުން ވާދަކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު