އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް ވާދަނުކުރެވޭނެ ކަމަށް އެ ޕާޓީން ނިންމި ނިންމުން ތަފުސީލު ކޮށްދޭން އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން އެޕާޓީއަށް އަންގައިިފިއެވެ.
އީސީގެ މެމްބަރު ފުއާދު ތައުފީގު "ވަން" އަށް މިއަދު ވިދާޅުވީ، އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި މަހުލޫފަށް ވާދަ ނުކުރެވޭނެ ކަމަށް އެންގުމުން އޭނާގެ ފަރާތުން މިމަހުގެ 24 ވަނަ ދުވަހު އިލެކްޝަން ކޮމިޝަނަށް ސިޓީއަކުން އެކަމުގެ ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ.
"އިލެކްޝަން ކޮމިޝަނުން މިހާރު ވާނީ އެމްޑީޕީގައި ދަންނަވާފައި އެމްޑީޕީން އެ ނިންމެވުން ނިންމި އިރު ބެއްލެވި ކަންތައްތަކާއި އެ ނިންމުން ބިނާކުރެއްވި ކަންތައްތައް އަންގަވައި ދެއްވުމަށް. އެއަށް ފަހުން އިިލެކްޝަން ކޮމިޝަނުން އެއަށް އެއްޗެއް ދަންނަވަން ގަސްތުކޮށްފައި ވަނީ" ފުއާދު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ސިޔާސީ ޕާޓީތައް ހިންގަނީ ރަނގަޅަށްތޯ އީސީން އަބަދުވެސް ބަލާނެ ކަމަށާއި އެގޮތުން އެކޮމިޝަނާ ހަމައަށް ޝަކުވާއެއް އަތުވެއްޖެ ނަމަ އެކަންވެސް ބަލާނެ ކަމަށެވެ.
މަހުލޫފަށް ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް އެމްޑީޕީން ނިންމީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އޭނާގެ މައްސަލައެއް ބަލާކަން އެކޮމިޝަނުން ޕާޓީއަށް އަންގާފައިވާތީ ކަމަށް ބުނެއެވެ.
އެކަމަކީ އިންތިހާބުގައި ވާދަ ނުކުރެވޭނެ ސަބަބެއް ނޫން ކަމަށާއި އެއީ އެމްޑީޕީގެ އިންތިހާބުތަކާ ބެހޭ ގަވާއިދުގައިވެސް ބަޔާންކޮށްފައިވާ ޝަރުތެއްވެސް ނޫން ކަމަށް ވިދާޅުވެ، އެ ނިންމުން މުރާޖައާކޮށް ދިނުމަށް މަހުލޫފު ހުށަހެޅުއްވިއެވެ.
ނަމަވެސް އޭނާގެ ކެންޑިޑަސީ ބާތިލްކުރަން ޕާޓީން ނިންމި ނިންމުން ރަނގަޅު ކަމަށް ޝަކުވާ ބަލާ ކޮމިޓީން ވަނީ ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު