މާލޭގެ ކާނިވާ ސަރަހައްދުގައި ސިޓީ ކައުންސިލުން ގާ އަތުރަން ފަށައިފިއެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލޭގެ ކާނިވާ ސަރަހައްދުގައި ގާ އެތުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އެތަން ހަދަނީ ފެން ހިންދަން ކާނުވެސް ބަހައްޓައިގެންނެވެ.

ކާނިވާ ސަރަހައްދުގައި ގާ އަތުރަން ފަށާފައި މިވަނީ އެ ސަރަހައްދުގައި ފީ ދައްކައިގެން، ހަތަރު ފުރޮޅުލީ އުޅަނދު ޕާކުކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ.

އެގޮތުން އެތަނުގައި 52 ޕާކިން ސްލޮޓެއް ދޫކުރުމަށް ނިންމާފައިވާ އިރު، ޕާކިން ސްލޮޓަކަށް މަހަކު 3000 ރުފިޔާ ދައްކަން ޖެހެއެވެ.