ހުސް ވެފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަލްއުސްތާޒް އަހުމަދު އާހިދު ރަޝީދު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދެންމެ ފާސްކޮށްފިއެވެ.
އެ ކޮމިޓީން އާހިދުގެ ނަން ފާސްކުރީ، އެމަގާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން އެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް މަޖިލީހަށް ފޮނުއްވި ހަތަރު ބޭފުޅުންނާ ކޮމެޓީން އިންޓަވިއު ކުރުމަށްފަހު ވޯޓު ނަގައިގެންނެވެ.
މަޖިލީހަށް ފޮނުއްވި ހަތަރު ބޭފުޅުންގެ ތެރޭގައި، އާހިދުގެ އިތުރުން ދެން ހިމެނިވަޑައިގަންނަވަނީ ޝިހާމް މުހައްމަދު ވަހީދު އާއި އަޒްލީމާ އަހުމަދުގެ އިތުރުން މަރިޔަމް އަލީމް އެވެ.
އޭގެ ތެރެއިން އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އާހިދު އައްޔަން ކުރުމަށް މަޖިލިސް ތަޅުމަށް ކޮމެޓީން ފާސްކުރީ އެވަގުތު ކޮމެޓީގައި ތިއްބެވި 10 މެންބަރުންގެ އިއްތިފާގުންނެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީ