ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދެމުންގެންދާ މަރުގެ އިންޒާރުތައް ހުއްޓުވަންޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމު އެގޮތަށް ވިދާޅުވެފައި ރައީސް ނަޝީދު އެނބުރި ރާއްޖެ ވަޑައިގެންފި ނަމަ، އަބޫ ޖަހުލަށް ހެދި ގޮތް އެމަނިކުފާނަށް ހަދާނެ ކަމަށް ބުނެ މީހަކު އިންޒާރު ދީފައި ވަނިކޮށެވެ.
ޝަހީމު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދަށް ދެމުންގެންދާ މަރުގެ އިންޒާރުތައް ހުއްޓުވަންޖެހޭ ކަމަށާއި ރާއްޖޭގެ ފަސްގަނޑަކީ ހަމައެއް ލަމައެއްނެތި މީހުންގެ ފުރާނަ ދުއްވާލަން އިންޒާރު ދެވޭ ތަނަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި ފުރާނަ އާއި ލެޔާއި މުދަލާއި އަބުރަކީ އިސްލާމް ދީނުގައި ހުރުމަތްތެރިކޮށްފައިވާ ކަންކަން ކަމަށް ވިދާޅުވިއެވެ.
ރައީސް ނަޝީދަށް އިންޒާރު ދިން މައްސަލައިގައި ފުލުހުން މިއަދު ވަނީ ކޯޓު އަމުރެއްގެ ދަށުން 40 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ރ. މީދޫންނެވެ.
މިއަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ އައިއީޑީއެއް ގޮއްވާލައިގެން ދިން ބޮމުގެ ހަމަލާގައި ލިބިވަޑަައިގެން ޒަހަމްތަކަށް ރައީސް ނަޝީދަށް ފުރަތަމަ ފަރުވާ ދިނީ އޭޑީކޭ އިންނެވެ. ނަމަވެސް އިތުރު ފަރުވާއަށް ޖަރުމަނު ވިލާތަށް ވަޑައިގެން އެގައުމުން ފަރުވާ ހޯއްދެވުމަށްފަހު އެމަނިކުފާނު މިހާރު ހުންނެވީ އިނގިރޭސި ވިލާތުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު