އއ. އަތޮޅު މަޑިވަރު ފަޅުގައި ކްރައުން ކޮމްޕެނީން ހިންގާ ވެލިގަނޑު އައިލެންޑް ރިސޯޓުގެ ބައެއްގެ ގޮތުގައި، ހިއްކައިގެން ހަަދާފައިވާ ވެލިފިނޮޅު ކިޔާ ރަށް ބޮޑު ކުރަން އެސަރަހައްދުު ހިއްކުން ހުއްޓުވައި އެކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުގެ ކަމާބެހޭ އިދާރަތަކަށް ގޮވާލައި ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން މަޖިލީހަށް މައްސަލަ ހުށަހަޅައި ބަހުސް ފަށައިފިއެވެ.
މި މައްސަލަ މިއަދުގެ ޖަލްސާއަށް ހުށަހެޅުމުން އެ މައްސަލައަށް ބަހުސް ކުރުމަށް ފާސް ކުރީ ޖަލްސާގައި ތިއްބެވި 33 މެންބަރުންގެ ތެރެއިން 31 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
ޝިޔާމް މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވިއިރު، އެތަން ހިއްކުމަށް ކުރިއަށް ގެންދާ މަޝްރޫއު މަޑުޖައްސައިލަން އީޕީއޭ އިން ވެސް ވަނީ އަންގައިފަ އެވެ.
މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވަމުން މެންބަރު ޝިޔާޒު ވިދާޅުވީ، އއ. ވެލި ފިނޮޅު ހިއްކުމުގެ މަޝްރޫއާ ގުޅުން ހުރި ރަސްދޫ މަޑިވަރު ސަރަަހައްދަކީ ގިނަ ބާވަތެއްގެ ކަނޑުގެ ދިރުން ލިބިފައިވާ ސަރަހައްދަކަށް ވާތީ 2018 ވަނަ އަހަރު އީޕީއޭއިން ހިމާޔަތް ކޮށްފައިވާ ސަރަހައްދެއް ކަމަށެވެ. އަދި ވިދާޅުވީ އެ ސަރަހައްދަކީ ހިމާޔަތް ކޮށް މެނޭޖްމެންޓް ޕްލޭނެއްގެ ދަށުން ރަސްދޫ ކައުންސިލާ ހަވާލު ކުރަން އީޕީއޭއިން ނިންމާފައިވާ ސަރަހައްދެއް ކަމަށެވެ.
އެކަމުގެ ސަބަބުން ރަސްދޫ އާއި އެ ހިސާބުގެ ރަށްރަށުގެ ރައްޔިތުން ގެދޮރު އިމާރާތް ކުރުމަށާއި، އެކި ބޭނުންތަކަށް ޒަމާނުއްސުރެން އެ ސަރަހައްދުން ވެލި ނަގަމުން އައުން ހުއްޓުވައި އެކަން މަނާކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް ހިމާޔަތް ކޮށްފައިވާ އެ ސަރަހައްދު ކައިރިން ފަސް ނަގައި ވެލި ފިނޮޅު ބޮޑު ކުރުމުގެ މަސައްކަތް ކުރުމަށް ވެލި ނަގަމުން ގެންދަނީ މީގެ ކުރިން އީޕީއޭއިން ވެލި ނެގުން މަނާ ކޮށްފައިވާ ސަރަހައްދަކުން، ކަމަށާއި، ކްރައުން ކޮމްޕެނީން އެކަން ކުރިއަށް ގެންދަނީ އއ.އަތޮޅު ކައުންސިލާއި އެ ސަރަހައްދުގެ އެއްވެސް ރަށަކާ އެއްވެސް ވަރަކަށް މަޝްވަރާ ކޮށްގެން ނޫން ކަމަށްވެސް ވިދާޅުވިއެވެ. އަދި އެ ކަމަކީ އީޕީއޭގެ ހުއްދަ ލިބިގެން ކުރާ ކަމެއްކަން ސާފު ވެފައި ނުވާ ކަމަށާއި، އީޕީއޭ ކޮންސަލްޓަންސީ ތައްޔާރު ކުރިއިރު އޭގައި ހިމަނަން ޖެހޭ ތިމާވެއްޓަށް އަސަރުކުރަން ޖެހޭ ގިނަ ކަންތައްތައް ހިމަނާފައި ނުވާކަން އެ މަސައްކަތާ ބެހޭ އީއައިއޭ ރިޕޯޓުން ފާހަގަވާ ކަމަށްވެސް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ޓޫރިސްޓް ރިސޯޓުތައް ޑިވެލޮޕް ކުރެވޭނީ ރަށުގެ ހޭޅިފަށުން ފެށިގެން 500 މީޓަރު އެތެރެއިން ކަމަށް ޓޫރިޒަމާބެހޭ ގަވާއިދުގައި ބުނާއިރު ވެލި ފިނޮޅު ބޮޑު ކުރަމުންދަނީ އެ ބައުންޑްރީގެ ބޭރުންކަމަށް އެ ދާއިރާގެ ރައްޔިތުން ގަބޫލުރާ ކަމަށެވެ.
"ވެލި ފިނޮޅު ބޮޑު ކުރުމަށް ވެލި ނެގުމަށާއި ހިލަ ބާޖެއް ކައިރިކުރުމަށް ވަގުތީ ވެލި ބެޑެއް ޖެހުމުގެ ސަބަބުން އެ ފެތުރި އެ ހިސާބުގެ މުރަކަތަކުގެ ދިރުމަށް އަސަރުކޮށް އެސަރަހައްދުގެ ކަހަނބު ޕޮއިންޓާއި ހެމާ ޝާކް ޕޮއިންޓް ކިލަނބު ވެ ނުފެންނާތީ އެކަމުގެ ޝަކުވާ އަންނަނީ ލިބެމުން، އެކި ފަހަރުމަތިން ވެލިގަނޑު ރިސޯޓުގެ މެނޭޖްމެންޓުން އެ ސަރަހައްދާ ކައިރިން ވެލި ނެގުމުގެ ސަަބަބުން ޒަމާނުއްސުރެން އޮންނަ ކަނޑި ފިނޮޅު ވަނީ ނެތި ގޮސްފަ،" ޝިޔާން ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް