ވެމްކޯ އިން ތިލަފުށީ ވޭސްޓް ޑިސްޕޯސަލް ސައިޓުން ހިދުމަތް ފޯރުކޮށް ދޭ ގަޑިތަކަށް ބަދަލު ގެނެސްފިއެެވެ.

ވެމްކޯ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ، ތިލަފުށީ ވޭސްޓް ޑިސްޕޯސަލް ސައިޓުގެ ހިދުމަތް ފޯރުކޮށްދޭ ގަޑިތަކަށް ބަދަލު ގެނެސްފައި ވަނީ މާލޭ ސަރަހައްދުގައި ކޮވިޑުގެ ހާލަތު ރަނގަޅުވަމުން އައުމާ ގުޅިގެން ކަމަށެެވެ.

އެގޮތުން މާދަމާ އިން ފެށިގެން ހުކުރު ދުވަސް ފިޔަވައި ހަފުތާގެ ކޮންމެ ދުވަހަކު، ތިލަފުށީ ވެމްކޯ ސައިޓު ހުޅުވާފައި ހުންނާނީ ހެނދުނު 9:00 އިން ރޭގަނޑު 7:00 އަށެވެ. މީގެ ކުރިން ހިދުމަތް ދެމުން އައީ ހުކުރު ދުވަސް ފިޔަވައި، ހަފުތާގެ ކޮންމެ ދުވަހު ހެނދުނު 8:30 އިން ރޭގަނޑު 20:00 އަށެވެ.

ހުކުރު ދުވަހު ވެމްކޯ ސައިޓު ހުޅުވާފައި ހުންނާނީ ހެނދުނު 9:00 އިން 11:00 އަށް އަދި މެންދުރުފަހު 2:30 އިން ރޭގަނޑު 7:00 އަށެވެ. މީގެ ކުރިން ހުކުރު ދުވަސް ދުވަހު ވެމްކޯ ސައިޓުގެ ހިދުމަތް ދެމުން އައީ ހެނދުނު 8:30 އިން 11:00 އަށް އަދި މެންދުރުފަހު 2:30 އިން ރޭގަނޑު 8:00 އަށެެވެ.