ހިޔާ ޓަވަރުތަކަށް ކަރަންޓު ދިނުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.
ސްޓެލްކޯއިން ބުނީ، ހިޔާ ޓަވަރުތަކުގެ ލިފްޓުތައް ކޮމިޝަންކޮށް ނިމެންދެން އެ ޓަވަރުތަކަށް ކަރަންޓުގެ ހިދުމަތްދިނުން ވަގުތީގޮތުން މެދުކަނޑާލަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަމް (އެޗްޑީސީ)އިން އެދިފައިވާ ކަމަށެވެ.
ސްޓެލްކޯއިން ބުނީ، ހިޔާގެ ޓަވަރުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ދެން ކުރިއަށްގެންދާނީ އެ ޓަވަރުތަކުގެ ލިފްޓުތައް ކޮމިޝަންކޮށް ނިމި، ހިދުމަތްދިނުން ކުރިއަށްގެންދިއުމަށް އެޗްޑީސީން އެންގުމުން ކަމުގައެވެ.
ހިޔާ ޓަވަރުތަކުގެ ކަރަންޓު ވަގުތީ ގޮތުން މެދުކަނޑާލަން އެޗްޑީސީން އެދިފައިވަނީ ހިޔާ ޓަވަރެއްގެ ލިފްޓެއްގެ ތެރޭގައި ބަޔަކު އިއްޔެ ތާށިވެފައިވާތީ ލިފްޓުތައް ކޮމިޝަން ނުކޮށް ހުރެއްޖެނަމަ މިފަދަ އިތުރު ހާދިސާތަކެއް މެދުވެރިވެދާނެ ކަމަށް ބަލައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދިނުމުގެ ގޮތުންނެވެ.
ހިޔާ ޓަވަރުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ސްޓެލްކޯ އިން މިދިޔަ އަންގާރަ ދުވަހު ފަށާފައިވަނީ ކޮންމެ ދުވަހަކު ދެ ޓަވަރަށް ކަރަންޓު ދޭ ގޮތަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު